ads
މިނިސްޓްރީގެ އަޑު ނޭހި، ހޮޓާ އަޅަން އަނެއްކާވެސް އިއުލާންކޮށްފި
ކ. މާފުށީގައި ހައްޖު ކޯޕަރޭޝަނުން ހޮޓާ އަޅަން ދެކޮޅުކަން އިސްލާމިކް މިނިސްޓަރު ހާމަކޮށްފައި އޮއްވާ އެ ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަލުން އިއުލާނުކޮށްފިއެވެ. މިނިސްޓްރީގެ އަޑު ނޭހި، ހޮޓާ އަޅަން އަނެއްކާވެސް އިއުލާންކޮށްފި
Advertisement

ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން ފުރަތަމަ އިއުލާންކުރީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެ އިލާންގައިވާ ގޮތުން ހޮޓެލް އަޅަން ޝައުގުވެރިވާ ކުންފުނިތަކުން ހައްޖު ކޯޕަރޭޝަނުގައި އޯގަސްޓު 13، ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. 

އެ ކޯޕަރޭޝަނުން ބުނީ އެ އިއުލާނަށް ޝަރުތު ހަމަވާ ތިން ކުންފުންޏަކުން ކުރިމަތިލާފައިނުވާތީ އަލުން ބިޑަށް ހުޅުވާލާކަމަށެވެ. އެގޮތުން ފުރަތަމަ އިއުލާނާއެކު ބިޑް ހުށަހެޅި ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް އަލުން ބިޑަށް ހުޅުވާލާކަން އެ ކޯަރޭޝަނުން ވަނީ އިއުލާންކޮށްފައެވެ. 

ކޮންޓެކްޓާ ފައިނޭންސް އުސޫލުން ހޮޓާ އަޅައިދޭނެ ޝައުގުވެރިވާ ކުންފުނިތަކުން އެކަމަ އެދި ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންކަމަށް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ޕްރޮޖެކްޓަށް ބިޑު ކުރާ ނަމަ، ބިޑު ސެކިއުރިޓީގެ ގޮތުގައި ވެސް 800،000 ރުފިޔާ ބަހައްޓަންޖެހެ އެވެ. ބިޑާ ގުޅޭ ޑޮކިއުމެންޓު ލިބޭނީ ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ.

ރަޖިސްޓްރީވުމުގެ މުއްދަތަކީ މިމަހުގެ 19 ވަނަދުވަހު ގެ ހެނދުނު 15:00 ގެ ކުރިންނެވެ. ރަޖިސްޓްރީވުމަށް އޮންލައިން ފޯމެއް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރަން ޖެހެ އެވެ.  

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

 ހައްކު ކޯޕަރޭޝަނުން ޓްއަރިސްޓް ހޮޓާ އެޅުމާއި ދެކޮޅުކަން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއި ފިނޭންސް މިނިސްޓު ޒަމީރުވެސް ވަނީ ހާމަކޮށށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް