
އެސްޓީއޯ އިން ބުނި ގޮތުގައި މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު ދެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެ ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށައަޅާފައިވަނީ ފިލިޕްސް 50 އިންޗިގެ ޓީވީއަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި އެކެވެ. ދެ ވަނަ އަށް ހުށައަޅާފައިވަނީ ހިޓާޗީ ވޯޓާ ޑިސްޕެންސަރަކާއި ދޮންނަ މެޝިނަކާއި ހިޓާޗީގެ ފަންކާއެކެވެ. ތިން ވަނަ އަށް ހުށައަޅާފައިވަނީ ހިޓާޗީ ޑިޝް ވޮޝާއަކާއި ރައިސް ކުކަރެކެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އަގުހުރި އިނާމުތަކެއް ލިބޭ "މެގަ ސޭލް" ޕްރޮމޯޝަން ފެށުން
ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް #MegaSalePC އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއާ ފަރަޔާ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.