ads
މަސް މާރުކޭޓު - ފައިލް ހޮޓާ
މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ފާހަގަކޮށް ހުއްޓުވަނީ
މާލޭ މަސްމާރުކޭޓު އިމާރާތުގައި ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެ ވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ ތަންތަނުގެ ތެރެއިން އިއުލާން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެފަދަ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުންދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ، އެފަދަ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކައުންސިލަށް ލިޔެކިޔުމާއެކު ހުށަހަޅަން ވަނީ އެދިފަ އެވެ.

މީގެ އިތުރުން 21 އޮގަސްޓް އިން ފެށިގެން 28 އޮގަސްޓް ގެ ނިޔަލަށް ކައުންސިލުން އެދިފައިވާ ލިޔުންތައް ހުށަނާޅާ ތަންތަން އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި އެފަދަ ތަންތަން ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށެވެ.

މަސް މަސްމާރުކޭޓުގައި ހުރި ގުދަންތަކާއި ފިހާރަތަކުގެ ސައްހަ އެއްބަސްވުންތައް ހުރިތޯ ޔަގީން ކުރުމުގެ މަސައްކަތް ފެށިއިރުމަސްމާރުކޭޓުގެ މަސައްކަތަށް މިލިއަން ޑޮލަރުގެ، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާ ކަމަށާއި ފަހުން ހަދާފައިވާ އެއްބަސްވުން އޮތް ގޮތުން މާރުކޭޓުގެ މަސައްކަތް ހުއްޓި، އެ އިމާރާތް ވެސް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ހަވާލުކޮށްފައި އޮތީ ކައުންސިލްގެ ބިޑު ކޮމެޓީން ކަނޑައަޅާފައިވާ އަގަށް ވުރެ ކުޑަކޮށް ކަމަށް މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވި އެވެ.

ފުރަތަމަ ކޮންޓްރެކްޓުގައި މާ ބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށާއި އޭގައި ސޮއިކޮށްފައި ވަނީ ކައުންސިލުގެ ލީގަލް އޮފިސަރު އަލީ ނަސީރު ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ފުރަތަމަ ކޮންޓްރެކްޓް ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ކަމަށް ވިޔަސް ފަހުގެ ކޮންޓްރެކްޓް ހަދާފައިވަނީ 9.6 މިލިއަން ޑޮލަރަށް ކަމަށެވެ. އެކަމަކު ދެވަނަ އެއްބަސްވުން ހަދަން ޖެހުނީ ކީއްވެކަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް