ހައުސިން މިނިސްޓްރީން މިއަދު ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަޙައްދެއް ކަމަށެވެ.
އެހެން ކަމުން މިއަދުން ފެށިގެން މި ސަރަހައްދުގެ އެއްގަމު ތޮއްޓަށް،ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމުގައި ވަނީ އިއުލާނު ކޮށްފަ އެވެ.
ކުރީން ވެސް މި ސަރަޙައްދުން ބައެއް އޮންނަނީ ޑިފެންސް މިނިސްޓްރީގެ އުޅަނދުތަކަށް ހާއްސަކޮށްފަ އެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން ތަރައްގީކުރި ސަރަހައްދު، މިދިޔަ މަހު 24ގައި ވަނީ ހުޅުވާލާފަ އެވެ. އެއީ، ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ހެދި 700 މީޓަރުގެ ސަރަހައްދެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;