ads
ގާޒާއަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކޮށްލާފައި
ގާޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ދޭ ހަމަލާތައް ކުށްވެރިކޮށްފި
ފަލަސްތީނުގެ ގާޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޔަހޫދީން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
Advertisement

ގާޒާއަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އަދި ހާއްސަކޮށް ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިއްހީ ވަސީލަތްތަކަށް އަމާޒުކޮށްގެން ދޭ ހަމަލާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާއި އަދި އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ގާޒާގައި އާންމު ރައްޔިތުންނާއި، ސިއްހީ ވަސީލަތްތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ. އަދި އެއްވެސް ހުރަހެއްނެތި ގާޒާގެ ހުރިހާ ސަރަހައްދަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ބައިނަލްއަގްވާމީ މުޖުތަމައުން މިކަމުގައި ވަގުތުން ފިޔަވަޅު އަޅައި، ދާއިމީކޮށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ތާއީދުކުރުމަށްވެސް ރާއްޖެއިން ބާރުއަޅާފައި ވެއެވެ.

އަދި މިނިވަން ފަލަސްތީނުގެ ދައުލަތް ބިނާވާނީ 1967 ބޯޑަރުތަކުގެ މައްޗަށް ކަމަށާއި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައެޅުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ ތާއީދު ވަނީ ތަކުރާރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;