
އިމްރާން އެހެން ވިދާޅުވީ، އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގައެވެ. އަދާލަތު ޕާޓީއަކީ މަލްޓި ޕާޓީ ސިސްޓަމް ރާއްޖޭގައި ތައާރަފުވުމަށްފަހު ރާއްޖޭގައި އުފެއްދި ތިން ވަނަ ސިޔާސީ ޕާޓީއެވެ.
އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަކީ ސިޔާސީ ޕާޓީއެއް ކަމަށް ވިޔަސް އެ ޕާޓީ އުފެއްދިއިރު ލީޑަޝިޕްގައި ތިއްބެވީ މުޅިންވެސް ދީނީ އިލްމުވެރިން ކަމަށް ސިޔާސީ މަސައްކަތްތަކުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެހެންވެ، އެ ކަންކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ބުރަތައް އުފުލަން ޖެހުނު ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ފާހަގަކުރެއްވި ގޮތުގައި އެ ގޮންޖެހުންތަކާ އެކުވެސް އަދާލަތު ޕާޓީ ވަނީ އެހެން ސިޔާސީ ޕާޓީތަކާ އެއްވަރަކަށް ފައި ހަމަކޮށްފައެވެ.
އިމްރާން ފާހަގަކުރެއްވި ގޮތުގައި، އަދާލަތު ޕާޓީގެ ފިކުރަކީ އަދި މޮޓޯއަކީ އަދުލުވެރިކަމެވެ.
އަދާލަތު ޕާޓީ އުފެއްދީ އޮގަސްޓް 18، 2005 ގަ އެވެ. އަދި އަދާލަތު ޕާޓީ މިހާރު ވެފައި ވަނީ މެދުނުކެނޑި ރާއްޖޭގައި 20 އަހަރު ވަންދެން ހިންގި ދެ ވަނަ ޕާޓީއަށެވެ. ފުރަތަމަ ޕާޓީއަކީ އެމްޑީޕީ އެވެ.