ads
ސްޓެލްކޯގެ މުވައްޒަފުން ކަރަންޓާއި ގުޅޭ މަސައްކަތެއް ކުރަނީ
މާދަމާ މާލެއާއި ހުޅުމާލެެއިން ކަރަންޓް ކެނޑޭނެ، ދުރާލާ އަންގާނެ
ސްޓެލްކޯއިން މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް،މާދަމާ މާލެއާއި ހުޅުމާލެެއިން ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
Advertisement

އެކުންފުނިން ބުނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް، މާދަމާ ހެނދުނު 06:00 ން 10:00 ށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ނިންމާފައިވާކަމަށެވެ. 

މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ އަންގަމުންދާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.  

" އެހެންނަމަވެސް، ހިދުމަތް މެދުކެނޑޭ ސަރަޙައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ހިދުމަތްތައްދޭ މުއައްސަސާތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) އަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެއެވެ. މިކުންފުނީގެ އަމާޒަކީ މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑިގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ޚިދުމަތް ގެނައުމެވެ." ސްޓެލްކޯއިން ނެރުނު ބަޔާނުގައިވެއެވެ.

މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. 

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އިހްލާސްތެރިކަމާއެކު މައާފަށް އެދޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް