އެނގިފައިވާ ގޮތުގައި މިހާރުން އުމުރުން 15 އަހަރުގެ އެ ކުއްޖާއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކުއްޖެކެވެ. އަދި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގިއިރުވެސް އެ ކުއްޖަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.
މި ކުއްޖާ މަރުކަޒުގައި ގެންގުޅެމުން ގެންދިޔައީ އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ. ދައުލަތުގެ ބެލުމުގެ ދަށުން މި ކުއްޖާ އިންޑިއާއަށް ގެންގޮސް މީގެކުރިން ވަނީ ފަރުވާވެސް ދީފައެވެ.
މި ކުއްޖާގެ ޖަނާޒާގެ ކަންކަން ބާއްވާފައިވަނީ ރޭ ހުޅުމާލޭ ސަހަރާގައެވެ. އެ ޖަނާޒާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ފަސްޓް ލޭޑީ, ފަޒްނާ އަހްމަދާއި ކުރީގެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދު ﷲ ބައިވެރިވެޑައިގަތެވެ.