ads
ހަމްދޫން ހަމީދު
ހަމްދޫން އައްޔަނުކުރުމުން އެމްޑީޕީގެ ފާޑުކިއުން
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އެޑްވައިޒަރަކަށް ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދު އައްޔަންކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ސަރުކާރަށް ފާޑުކިޔައިފި އެވެ.
Advertisement

އެމްޑީޕީން ބުނީ މިނިސްޓަރެއްގެ ފެންވަރުގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަކީ ސަރުކާރުން ބޭކާރު ހަރަދުކުރުން ކަމަށާއި، މިއީ ސަރުކާރުގެ އަމަލާއި ބަސް ދިމާނުވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އަދި ކުރީގެ ފިނޭންސް ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ސޯޝަލް މީޑިއާގައި ވިދާޅުވީ، ކައުންސިލްތަކުން ބޭކާރު ހަރަދުކުރާ ކަމަށް ބުނަމުން، ސަރުކާރުން ވެސް ދަނީ އެފަދަ ހަރަދުތައް ކުރަމުން ކަމަށެވެ. އަނަސް ވަނީ ރަށްރަށަށް ގޮސް ކައުންސިލްތަކަށް ފާޑުކިޔުމުގެ ބަދަލުގައި، ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކަށް ބެލުމަށް ގޮވާލައްވާފަ އެވެ.

ހަމްދޫން އައްޔަންކޮށްފައި ވަނީ ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒުކުރުމަށް ލަފާ ދެއްވުމަށެވެ. ސަރުކާރުން އާ ސިޔާސީ މަގާމުތައް އުފައްދަމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު මީގެ ކުރިން ވަނީ އަތޮޅު ކައުންސިލްތަކުގެ ހަރަދު ބޮޑުކަމަށް ވިދާޅުވެ، އެ ކައުންސިލްތައް އުވާލުމާމެދު ވިސްނަވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް