ads
ހުޅުމާލޭ އިންޖީނު ނިވާލައި މަސައްކަތް ނިންމާލުމަށްފަހު ސްޓެލްކޯގެ މުވައްޒަފުން އެމްޑީ ފަހުމީ އާ އެކު ފޮޓޮއަކަށް ހުއްޓި - ފޮޓޯ: ހުސައިން ފަހުމީ
އިންޖިނިޔަރުން ގެ އަގު ނުކުރެވޭ މަސައްކަތަށް ޝުކުރިއްޔާ: ފަހުމީ
އިންޖީނިއަރު ކުރަމުންދަނީ އަގު ނުކުރެވޭ މަސައްކަތެއް ކަމަށާއި އެ ކަމަށް ޝުކުރު އަދާ ކުރާ ކަމަށް ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

ދިވެހި ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް އިންޖިނޭރުން ކުރަމުން ދާ ކަމަށެވެ.

ހާއްސަކޮށް، ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނިޔަރުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖީނިއަރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށް އެ ޕޯސްޓްގައިވެ އެވެ. 

"ހާއްސަކޮށް، ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނިޔަރުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖީނިއަރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިއަހަރުގެ ޖޫން މަހު އެވެ.

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސް ހަމަޖެއްސެވީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބުރިޖު ހުޅުވި ދުވަހާ ދިމާކޮށެވެ.

ރައީސް އޮފީހުން އެ ބަޔާނުގައި ހާމަ ކުރެއްވިގޮތުގައި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.  

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް