
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވިނަރެސްގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހުކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއްކަމަށެވެ.
މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގަ އެވެ.
އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް މި އޮފީހުން ލިބޭނެ ކަމަށް އެ ކޯޕަރޭޝަން އިން ބުނެ އެވެ
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް މި އޮފީސް ހުޅުވިފައި ހުންނާނެކަމަށް އެޗްޑީސީން ބުނެ އެވެ.
"ހިޔާ" ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މިހާރު ލިބޭނީ ވިނަރެސް އެޗްޑީސީ އޮފީހުންކަމަށާއި އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ މި ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށް އެ ކޯޕަރާޝަންއިން ފާހަގަ ކޮށްފައިވެ އެވެ.