ads
އުކުޅަސް ސިއްހީ މަރުކަޒު.
ބައްޕަ ގަޔަށް ވަޅިހެރީ ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަން އުޅުމުން
އއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ރޭ ބައްޕައަށް ހަމަލާދީނީ ޖަހަން ޖެހޭ އިންޖެކްޝަނެްް ޖަހަން އުޅުމުންކަމަށް އެރަށު މީހުން ބުނެފިއެވެ.
Advertisement

ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެން ދަރިފުޅު ހަަލާދީފައިވަނީ އޭނާގެ، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕައަށެވެ. ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓް ލިބުނީ  10:30 ހާއިރުކަމަށެވެ. 

އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އައިސް އޭނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރުމުން އަންނަކަމަށް އެރަށު މީހުން ބުނެއެވެ.  

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ  ދަރިފުޅާއި ބައްޕައާ ދެމެދު ދެބަސްވުން އުފެދުނީ، ދަރިފުޅުގެ ގަޔަށް ޖަހަން ޖެހޭ އިންޖެކްޝަނަކާއި ގުޅިގެންކަމަށެވެ. ދަރިފުޅު އިންޖެކްޝަން ޖެހުމަށް ދެކޮޅު ހަދައި، ބައްޕައަށް ވަޅި ހަމަލާދިނީކަމަށް ރަށު މީހުން ބުނެއެވެ. 

ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫންކަމަށެވެ. މި ހަމަލާގެ ސަބަބުން އެމީހާގެ ބަނޑާއި އަތް ޒަހަމް ވެފައިވާކަން ވަނީ އެނިގަފައެވެ. 

ބައްޕަ އަށް ހަމަލާދިން ދަރިފުޅު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެެެއެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް