ads
މެއި ފަންސަވީހުގެ ކުރިން ގޮތެއް ނިންމަން ޔުއެފާއިން އަންގާފައިވޭ
މެއި ފަންސަވީހުގެ ނިޔަލަށް ލީގާއި މެދު ގޮތެއް ނިންމަން ޖެހޭ
ކޮރޯނާއާއި ގުޅިގެން މެދު ކަނޑާލާފައިވާ ފުޓްބޯޅަ ލީގުތަކާއި މެދު، ލަސް ވެގެން މެއި މަހުގެ ފަންސަވީހުގެ ކުރިން ގޮތެއް ނިންމުމަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިން މެންބަރު ގައުމަތަކަށް އަންގައިފިއެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ބެލަރުސް ފިޔަވައި އެހެން ހުރިހާ ގައުމެއްގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްވަނީ ހުއްޓާލާފައެވެ.

މެއި މަހުގެ ފަންސަވީސް ވަނަ ދުވަހުގެ ކުރިން ލީގުތަކާއި މެދު ގޮތެއް ނިންމުމަށް ޔުއެފާއިން އަންގާފައިވާއިރު، ޔޫރަޕުގެ ބައެއް ބޮޑެތި ލީގުތައް މިހާރުވަނީ ކެންސަލްކޮށްފައެވެ. ލީގުތައް ކެންސަލް ކުރި ގައުމުތަކަކީ ހޮލެންޑާއި ފްރާންސްއެވެ. އެހެން ބައެއް ލީގުތައް އަންނަ މަހުގެ ތެރޭގައި އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ލީގުތަކުންވެސް މެޗުތައް ކުރިއަށް ގެންދާނީ ސަޕޯޓަރުން ނުވައްދައި ކަމަށް ބެލެވެއެވެ.

މެންބަރު ގައުމުތަކާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ޔުއެފާއިން ލަފާދީފައިވަނީ ލީގުތައް ފުރިހަމަ ކުރެވޭނެ ގޮތެއް އޮތް ނަމަ އެ ގޮތަކަށް އިސްކަން ދިނުމަށެވެ. އެހެންނަމަވެސް ކެންސަލް ކުރަން ޖެހޭ ލީގުތައް ކެންސަލް ކުރުމަކުން މައްސަލައެއް ނެތް ކަމަށްވެސް ޔުއެފާއިން ފަހުންވަނީ ބުނެފައެވެ. އަދި މިއިން ކޮންމެ ހާލަތެއްގައިވެސް އަންނަ ސީޒަންގައި ޔޫރަޕުގެ ކްލަބު މުބާރާތްތައްކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވާނެ ތަފާތު ފޯމިއުލާއެއްވެސް ޔުއެފާއިން ހުށަހަޅާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް