ads
ކަމަދޫއަށް ޖެއްސި ފުރަތަމަ ސީ ޕްލޭނަށް މަރުހަބާ ކިޔަނީ
ފުރަތަމަ ސީޕްލޭން ކަމަދޫއަށް ޖައްސައިފި، ރަށުން ހޫނު މަރުހަބާއެއް
ކަމަދޫއަށް ސީޕްލޭން ދަތުރު ފަށަން ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް ޖައްސައިފިއެވެ.
Advertisement

މޯލްޑިވިއަނުން ބުނީ މިމަހުގެ 11 ވަނަ ދުވަހު ކަމަދޫއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް  ފަށާނެ ކަމަށެވެ. އެގޮތުން އެދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެވެސް ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހު އެރަށަށް ސީޕްލޭން ދަތުރުތައް އޮންނާނެކަމަށެވެ. 

ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ފުރަތަމަ ފްލައިޓް މިއަދު ވަނީ އެރަށަށް ޖައްސާފައެވެ. މި ފްލައިޓުން ކަމަދޫއަށް ދިޔަ ދެ ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ. 

your imageކަމަދޫއަށް ޖެއްސި ފުރަތަމަ ސީ ޕްލޭނުން އެރަށް ދިޔަ ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ 

މޯލްޑިވިއަނުން ކަމަދޫއަށް ސީ ޕްލޭންގެ ހިދުމަތް ފަށަނީ ހޯކްސް ހޮޓެލާއި ގުޅިގެންނެވެ. އެކަމުގެ އެއްބަަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 11 ވަނަދުވަހުއެވެ. 

ކަމަދޫއަށް ސީ ޕްލޭންގެ ހިދުމަތް ފަށަން ހޯކްސް ހޮޓެލާއި އެކު މޯލްޑިވިއަނުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާން އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް