
މީޑިއާގެ މިނިވަންކަން ހަނިކުރުމަށްފަހު، ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައި އެ ހުރީ ރިޔާސީ ދައުރު ދަންމާލުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.
މިކަންކަމުގައި ސިޔާސީ ޕާޓީތަކާއި ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. މި ކޮމިޓީން ވަނީ މި މަހުގެ 15 ގެ ކުރިން މި ބިލުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފަ އެވެ. މި ބިލު ބޭރުކޮށްލުމަށް އެދި 150 ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.