ads
5 މިލިއަން ގަސް ހަމަކުރަން އަތޮޅުތަކަށް ހައިވަކަރު ގަސް ބަހަނީ
5 މިލިއަން ގަސް އިންދަން، 7 އަތޮަޅަށް 'ހައިވަކަރު' ގަސް ބަހަނީ
މި ސަރުކާރުން އިޢުލާނުކޮށްފައިވާ " ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު" ގެ ދަށުން، ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ މި މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ކަމަށްެވެ. 

މި މަޝްރޫއުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކަށްކަމަށް މިނިސްޓްރީން ބުނެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށާއި ހައިވަކަރު ގަސްތަކަކީ ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ފައިދާހުރި ގަސްތަކެއްކަމަށް މިނިސްޓްރީން ބުނެއެވެ.

ގަސް އިންދުމުގެ މި މަޝްރޫއުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެއްކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

އެމްޓީސީސީގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށްގެންދިއުމަކީ، ގިނަ އަތޮޅުތަކެއްގެ ރައްޔިތުންނަށް މި މަޝްރޫއުގެ ފައިދާ ލިބިގެންދާނެ ކަމެއްކަމަށާއި. މިކަމުގެ ސަބަބުން ރަށްތަކުގެ ފެހިކަން އިތުރުވެ، ރީތި މާހައުލެއް ޤާއިމުވެގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް