ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލެއިން ހައްޔަރުކުރި މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައިވާ ގޮތުން 22 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދުކުރީ އިއްޔެ އެވެ. އެ ތިން މީހުންނަކީ:
މިދިޔަ މަހު އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރި އެ ތިން މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ނަމަވެސް އެ ތިން މީހުން ހައްޔަރު ކުރުމާ ގުޅޭ ތަފްސީލުތައް ފުލުހުން އަދި ހާމައެއް ނުުކުރެ އެވެ.