ads
އެމްއޭސީއެލް އާއި ފުވައްމުލަކު ކައުންސިލް ދެމެދު ކުރިޔަށް މަޝްވަރާ ތަކުގެ ތެރެއިން
ފުވައްމުލަކު އެއާޕޯޓް ތަރައްގީ ކުރުމަށް އެމްއޭސީއެލް އާއި އެކު މަޝްވަރާތަކެއްކޮށްފި
ފުވައްމުލަކު އެއާޕޯޓް ތަރައްގީ ކުރުމަށް އެމްއޭސީއެލް އާއި އެކު މަޝްވަރާތަކެއްކޮށްފި ކަމަށް ފުވައްމުލަކު ސިޓީ ކައުސިލުން ބުނެފި އެވެ.
Advertisement

އެ ކައުންސިލުން ބުނާ ގޮތުގައި މި މަޝްވަރާތަކުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެ ކުންފުނީގެ އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. 

މި ބައްދަލުވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔާ އިސްމާއިލް ރަފީގްގެ އިތުރުން ކައުންސިލްގެ އެހެން އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. 

your imageއެމްއޭސީއެލް އާއި ފުވައްމުލަކު ކައުންސިލް ދެމެދު ކުރިޔަށް މަޝްވަރާ ތަކުގެ ތެރެއިން 

ފުވައްމުލަކު ސިޓީގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ފުވައްމުލައް އެއާޕޯޓްގައި ހިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށާއި މިހާރުގެ ހާލަތު ރަނގަޅަށް ދެނެގަތުމަށް ދިރާސާއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަން އެ ކައުންސިލުން ބުނެފައިވެ އެވެ.
އެއާޕޯޓްގެ ހިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައި ވާ ކަމަށް ކައުސިލުން ވަނީ ފާހަގަ ކޮށްފައި އެވެ. 

2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ތަރައްގީ ކޮށް ހުޅުވުން މި އެއާޕޯޓްގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

ފުވައްމުލައް އެއާޕޯޓަށް ބައެއް ބަދަލުތައް ގެނައުމާ، އިތުރު ތަރައްގީތައް ގެނައުމާ ގުޅޭގޮތުން މިދިޔަ އަހަރުވެސް ބައެއް ދިރާސާތައް ކުރިއަށްގެންދިޔަ އެވެ. އެގޮތުން ރަންވޭ ބޮޑުކުރުމުގެ ފުރުސަތު އޮތްތޯ ބެލުމާއި ޕެސެންޖާ ޓާމިނަލް އިތުރަށް ތަރައްގީކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދެނެގަތުމުގެ މަސައްކަތްތައް ކޮށްފަ ވެއެވެ.

އޭރު ކުރިއަށްގެންދިޔަ މަސައްކަތްތަކީ ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓް ތަރައްގީކުރުމާއި އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމުގެ ފުރުސަތު އޮތްތޯ ދެނެގަތުމުގެ ސާވޭއެކެވެ. އަދި ފަތުރުވެރިކަމަށް ހާއްސަ އޭރިއާއެއް ތަރައްގީކުރުމަށްވެސް މަޝްވަރާކޮށްފަ ވެއެވެ.

އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވުމުން މިފަހުން ވަނީ ހިދުމަތް ހުއްޓިފަ އެވެ. އެއް ދުވަސް ފަހުން އަލުން އެއާޕޯޓު، ހުޅުވީ އައްޑޫގައި ބޭނުން ކުރާ ފަޔާ ޓްރެކް ގެންގޮސް ގެނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް