ads
ތިލަފުށި ވޭސްޓް މެނޭޖްމަންޓު ސެންޓަރު
އަލިފާނާ ކަނޑާލި ވެމްކޯ ސްޓާފަށް ވަޒީފާ ދޭން އަންގައިފި
ތިލަފުށީ އަލިފާނާ ކަނޑާލި ވެމްކޯ ސްޓާފަށް ވަޒީފާ ދޭން އަންގައިފިއެވެ.
Advertisement

މިއީ މިދިޔަ އަހަރު ފަހުކޮޅު ވެމްކޯގެ ކުނި މެނޭޖްމަންޓް ސައިޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވެމްކޯގެ ސެންޓްރަލް އޮޕަރޭޝަން ތިލަފުށީގެ އެސިސްޓެންޓް މެނޭޖަރު މަގާމުން ވަކިކުރި ކުރުނުން، އޭނާ އަލުން ވަޒީފާ ހޯދަން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަލުން ވަޒީފާ ރުޖޫއަކޮށްދިނުމަށެވެ. އަދި ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ވަކީލު ފީ ނަގައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމީ، އަލުން ވަޒީފާ ރުޖޫއަކޮށްދޭށެވެ. އަދި ނޯޓިސް ފައިސާގެ ގޮތުގައި ވެމްކޯއިން ދިން ފައިސާ އުނިކުރުމަށް ފަހު، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ރުޖޫއަކުރާ ދުވަހާއި ހަމައަށް، މުސާރައާއި އިނާޔަތްތަކާއެކު ވަކީލު ފީގެ ގޮތުގައި 15،000 ރުފިޔާ ނަގައިދޭންވަނީ ހުކުމްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް