
މިކަމަކީ ބަދަލު ހިފުމުގެ ގޮތުން ކުރެވުނު ކަމެއް ކަމަށް ތުހުމަތު ކުރެވޭތީ، އެ މުވައްޒަފަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް އެ ޔުނިޓުން ވަނީ ލަފާދީފަ އެވެ.
އެގޮތުން، މަސައްކަތުގެ މާހައުލުގައި ތަފާތުކޮށް، ބާކީކޮށް، އަޑުގަދަކޮށް އެއްޗެހި ކިޔާފައިވާ ކަމަށް އެތަނުގެ އެހެން މުވައްޒަފުން ވެސް ބުނި ކަމަށް ޔުނިޓުން ހާމަކުރެ އެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކީ މަސައްކަތަށް ރަނގަޅު މީހެއް ކަމަށް ބަޔާންތަކުން އެނގޭ ކަމަށް ވެސް އެ ޔުނިޓުން ބުންޏެވެ.
ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ޔަގީންކޮށްދީފައި ވަނީ، މައްސަލަތައް ފަޅާއަރުވާލި އަސްލު މުވައްޒަފު ނޫން މީހަކު ވަކިކޮށްފައި ވީ ނަމަވެސް، މިއީ ބަދަލު ހިފުމުގެ ގޮތުން ކުރެވުނު ކަމެއް ކަމަށް ބެލެވޭތީ، މިކަމާ ގުޅިގެން ކޯޓަށް ދިއުމަށް ވަކިކުރި މުވައްޒަފަށް ލަފާދީފައިވާ ކަމަށެވެ. މިފަދަ ހާދިސާއެއް މީގެ ކުރިން ވެސް ހިނގާފައިވާ ކަން ފާހަގަކުރަމުން ޔުނިޓުން ބުނީ، ޕޯސްޓް އޮފީހާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތި ކުރި މުވައްޒަފަކު ވަކިކުރުމުން، 900،000 ރުފިޔާއިން އެތަން ޖޫރިމަނާކުރި ކަމަށެވެ