ads
ސިވިލް ސާވިސް ކޮމޮޝަން އަށް ތިން މެންބަރުން އައްޔަނުކުރުން
ސިވިލް ސަރވިސް ކޮމިޝަނަށް ތިން އާ މެންބަރުން އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ތިން އާ ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
Advertisement

މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ.

މި މަގާމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު. ނަންބަރު 1325، ޑރ ހުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާއެވެ. 

އެބޭފުޅުންވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނަށް، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް