ads
4000 ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރަނީ
4000 ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުވާލައިފި އެވެ.
Advertisement

އެ ކޯޕަރޭޝަނުން އަންނަނީ ފްލެޓްތައް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރަމުންނެވެ.

އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ބައެއް ފަރާތްތަކަށް އެފްޑީސީން މިއަދު ޑިޕޮސިޓް ދައްކަން ހުޅުވާލާފައިވާ ކަން އަންގާފައެވެ. މިކަން އަންގާ އެ ފަރާތްތަކަށް ފޮނުވި މެސެޖުގައި ބުނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.

4000 ފްލެޓްގައި ހިމެނޭ ދެ ކޮޓަރީގެ އެޕާޓްމަންޓުކުގެ ކުއްޔަކީ 8،000 ރުފިޔާއެވެ. އޭގެތެެރޭގައި މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 15،000 ރުފިޔާއެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކުއްޔަށް ދެނީ 11،000 ރުފިޔާ އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމަނައިގެންނެވެ. އެ އެޕާޓްމަންޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަން ޖެހެނީ 25،000 ރުފިޔާ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް