ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސްޓެލްކޯގެ އެމްޑީ ފަހުމީ: އޭނާ ވަނީ ކުންފުނީގެ އެމްޑީގެ މަގާމު ފުރުއްވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފައި -- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އަށް ޝުކުރު އަދާކުރައްވާ ފަހުމީގެ ޓްވީޓެއް!
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން މިއަދު ކުއްލި ގޮތަކަށް ވަކިކުރި ހުސައިން ފަހުމީ، އެ ކުންފުނީގެ އެންމެ އިސް މަގާމު ފުރުއްވުމަށް ދެއްވި ފުރުސަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
Advertisement

މި ކުއްލި ނިންމުމާ އެކު ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 27 އަހަރު މަސައްކަތްކުރި ސްޓެލްކޯ ލީޑް ކުރަން ރައީސް ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ. އޭނާ ވަނީ އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

އަބަދުވެސް އެދެނީ ސްޓެލްކޯ އިތުރަށް ކުރިއަރައި، ގިނަ ކާމިޔާބީތައް ހާސިލް ކުރަން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން މ. ފަތަހަ، ހުސެއިން ފަހުމީ ވަކިކޮށް އެ މަގާމަށް މ. ސިސްކިން އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ. 

ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ 28 ނޮވެންބަރު 2023ގަ އެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް