މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިއްޔެގެ ނިޔަލަށް 1،520،699 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،386،554 ފަތުރުވެރިންނަށްވުރެ 134،145 ފަތުރުވެރިން އިތުރު އަދަދެކެވެ.
މިއަަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރިވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ.
ފަތުރުވެރިންގެ ނަމްބަރުތައް
މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1895 އެނދު ނެރެފައިވާކަން ޓްއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދަކީ 63,248 އެވެ. މިހާރު މި އަދަދު ވަނީ 65,143 އަރާފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43,247 އެނދާއި، ގެސްޓު ހައުސްތަކުގެ 15,494 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,918 އެނދުގެ އިތުރުން ހޮޓާތަކުގެ 2,484 އެނދެވެ.