
އެމްޑީޕީން ދަނީ ގައުމުގެ މާލީ ކަންކަމާ މެދު ހުރި ކަންބޮޑުވުން ފާޅުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ.
މިއަދު އެމްޑީޕީގެ ޕީޖީ މެންބަރުން ވަނީ މިނިސްޓަރު ޒަމީރާ ބައްދަލުކުރުމަށް އެދިވަޑައިގެންފައެވެ. އެ މެންބަރުން މިނިސްޓްރީއަށް ވަނުމަސް މަސައްކަތް ކުރި ނަމަވެސް، އެ ތަނަށް ވަނުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކުގެ ހިތްހަމަނުޖެހުން ބޮޑުވެ، އެ ސަރަހައްދުގައި ހިނގަމުންދިޔަ އިހުތިޖާޖު ވަނީ ހޫނުވެފައެވެ.
އެމްޑީޕީން ފިނޭންސް މިނިސްޓްރީ ދޮށުގައި މުޒާހަރާ ފަށާފައިވާއިރު، ދަރަނި ނަގަން ޖެހުން ގޮތާއި، ކިޔާ ފައިސާ ޗާޕްކުރުމާއި، ހުރިހާ ވާހަކަތަކެއް ރަނގަޅަށް ދައްކާލަން ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށް އޭނާއާ ސުވާލުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ގޮވާލައްވައިފައެވެ.