ads
އއ.ފެރިދޫ
ފެރިދޫއަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި މާފަރު ފަޅު ހަމަޖައްސައިފި
އއ. ފެރިދޫގެ ތަރައްގީ އާއި ރަށަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި، އެ އަތޮޅު މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
Advertisement

ރައީސްގެ އޮފީހުން މިއަދު ނެރުއްވި ގަރާރަކުން ވަނީ މިކަން ކަނޑައަޅުއްވާފަ އެވެ. މިކަމުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ދިގު މުއްދަތަށް އޭގެ ފައިދާ ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ފެރިދޫގެ މުސްތަގްބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި މާފަރު ފަޅު ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒު މިގޮތަށް ނިންމެވީ ކަމަށެވެ. އެމަނިކުފާނު މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ގަރާރުގައިވާ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާ ގުޅޭގޮތުން ކުރިން ނެރެފައިވާ ގަރާރަށް އިސްލާހު ގެނެސް، އެ ގަރާރުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކުރެވިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް