ads
ސައުތު އޭޝިއަން ސުޕަ ކަޕްގެ ޓައިޓަލް ރާއްޖޭން ހޯދުން
ލަންކާ ބަލިކޮށް ސުޕަ ކަޕް ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދައިފި އެެވެ.
Advertisement

ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. 

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ނުކުތްއިރު، ގައުމީ ޓީމުގެ ފުރަތަމަ އެގާރަ އަށް ގެނެސްފައިވާ ބަދަލަކީ، ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ފުރަތަމަ އެގާރައިގައި ނެތުމެވެ. ކެޕްޓަން ބޭންޑް އަޅައިގެން މެޗު ފެށީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މި މެޗުގައި ރާއްޖެއިން ލީޑު ނަގާފައިވަނީ މެޗުގެ 67 ވަނަ މިނެޓުގަ އެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާއެއް، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ ފަހުން މި މެޗުގެ 84 ވަނަ މިނެޓުގައި ލަންކާއަށް ވަނީ ކޯނަރަކުން ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އެ ޓީމުގެ ގަރެޓް ކެލީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން އޮލިވާ ކެލާޓް ފޮނުވާލި ބާރު ހަމަލާއެއް ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

your imageގައުމީ ޓީމުން އުފާ ފާޅުކުރަނީ

ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މި މެޗުގައި ލަންކާގެ އެޓޭކްތައް ހުއްޓުވުމުގައި ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފައިފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭގައި، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ލަންކާ އިން ވަނީ ގޯލެއް ޖަހައިފަ އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލާޓެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗަކީ ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗެވެ.

އޭނާއަކީ ލަންކާގައި އިންޑިއާ ބަލިކޮށް 2008ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދިއިރު އެސިސްޓެންޓް އެއް ކޯޗެވެ.

މޯހަން ވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ޒިންމާ ދިގު މުއްދަތެއްގައި ނަގައިފަ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރީ ސައިތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ހަތަރު ގައުމު ވާދަކުރާ ކުރު މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު އެ ގައުމުގެ އެފްއޭއިން ދައުވަތު ދިން ބައެއް ގައުމުތަކުން ދައުވަތު ގަބޫލު ކުރެވެން ނެތްކަން އެންގި އެވެ. އޭރުވެސް ރާއްޖޭން ވަނީ ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވާނެކަން އަންގައިފަ އެވެ.

ރާއްޖޭން ބައިވެރިވުމުން، ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ބާއްވަން އުޅުނު މުބާރާތް ކެންސަލްނުކޮށް، ދެ މެޗު ރާއްޖެއާ ދެކޮޅަށް ކުޅޭށެވެ. އަދި ދެ މެޗުގެ ނަތީޖާއިން މޮޅުވާ ޓީމަކަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ތަށި ދިނުމަށް ވެސް ނިންމި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް