
އެ ގައުމުން ބުނާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ ހަމާސްގެ އިސްވެރިން ސަހީދު ކޮށްލުމުގެ މަގުސަދުގައި ކަމަށެވެ.
މި ހަމަލާ އިސްރާއިލުން ދީފައި މިވާ ވަގުތަކީ ނެގޯޝިއޭޝަން ޓީމުން އެމެރިކާ އިސްނަގައިގެން ހަމާސް އާއި އިސްރާއިލް ދެމެދު ކުރެވޭ ހަނގުރުމާ ހުއްޓާލުމާއި ބެހޭ ގޮތުން ވާހަކަ ދެކެވެމުން އައި ދަނޑިވަޅެވެ.
މިކަމާއި ގުޅިގެން ހަމާސްގެ އިސްވެރިނަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި ވަނީ ކަށަވަރު ނުވެފައި އެވެ.
މި ހަމަލާ ދިނުމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަދި ބައިނަލްއަގްވާމީ ޖަމީއްޔާތަކުން ވަނީ މިކަން ކުށްވެރިކޮށް އެކަމާއި ދެކޮޅަށް އާދު އުފުލާފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ އަކީ ދޯހާގައި ދިރިއުޅެމުން އަންނަ ހަމާސް އިސްވެރިއެއްކަމަށްވާ ހަލީލް އަލް ހައްޔާ އަވަހަރާކޮށްލުމަށް އިޒްރާއިލް އިން ރާވައިގެން ކުރިޔަށް ގެންދިޔަ ހަމަލާއެކެވެ.
އިޒްރާއިލުން ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 64605 މީހުން ސަހީދު ވެފައިވާ އިރު 163319 މީހުންނައް އަނިޔާވެފައި ވާއިރު ރައްދުގައި ގައްޒާއިން ދެމުން އަންނަ ހަމަލާތަކުގައި 1139 މީހުން މަރުވެފައިވާ ކަން ފާހަގަ ކޮށްލަންޖެހެ އެވެ.