މި ރަޖިސްޓަރީއަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބިމެއްގެ ރަޖިސްޓަރީއެކެވެ. ކައުންސިލުން ވަނީ މިކަން އާންމުކޮށް އިޢުލާނުކޮށްފައެވެ.
ގެއްލިގެން ރަސްދޫ ކައުންސިލަށް ހުށަހަޅާފައިވާ މި ރަޖިސްޓަރީއަކީ ރ. ނަމްބަރ: 2004/U-2/249، 14 އޮކްޓޯބަރު 2004 ގައި ދޫކޮށްފައިވާ ރަޖިސްޓަރީއެކެވެ. ކައުންސިލުން ބުނީ މި ރަޖިސްޓަރީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، މިހާރުން ފެށިގެން 07 ދުވަހުގެ ތެރޭގައި ކައުންސިލަށް އަންގަން އެދޭ ކަމަށެވެ. އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6660714 ނަންބަރު ފޯނާ ގުޅުމަށްވެސް ކައުންސިލުން އެދެއެވެ.