
މިކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް އިންޑިއާއިންދޭ ސަމާލުކަން އަނެއްކާވެސް ހާމަވެގެން ގޮސްފައިވާ ކަމަށް ރިޕޯޓް ތަށް ބުނެ އެވެ.
މޯދީ ވަނީ މި ހަމަލާތަކާ މެދު ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފަ އެވެ. އަދި އެއީ ގަތަރުގެ ސަރަހައްދީ މިނިވަންކަމާއި އިސްތިގްލާލު ފެނިގެންދިޔަ ބޮޑު ގޯހެއް ކަމަށް ވިދާޅުވެފައެވެ. މޯދީ ވަނީ ހަމަޖެހުން ނެތް ކަންކަމާއި، ހަނގުރާމަވެރިކަން އަދި ޓެރަރިޒަމަކީ އެއްވެސް ސިފައެއްގައި ގަބޫލުނުކުރެވޭ ކަންކަން ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާއިން ދެކޭ ގޮތުގައި ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވަރަށް މުހިންމެވެ. މޯދީ ވަނީ ހުރިހާ ފަރާތްތަކުން ވެސް އަސްކަރީ ހަރަކާތްތައް ހުއްޓާލައި، މަޝްވަރާ އާއި ސުލްހަވެރި ޑިޕްލޮމެޓިކް މަސައްކަތްތަކުން މައްސަލަތައް ހައްލުކުރުމަށް ގޮވާލައްވާފައެވެ. މި ވައިގެ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
އިންޑިއާ ސަރުކާރުން ވަނީ ގަތަރަށް އެއްބާރުލުން ދީ، ސަރަހައްދުގެ ހަމަޖެހުމަށް ގޮވާލާފަ އެވެ. ބޮޑުވަޒީރު މޯދީގެ މި ފޯނުކޯލުން ދައްކުވައިދެނީ، ހާއްސަކޮށް މެދުއިރުމަތީގައި، ބައިނަލްއަގްވާމީ ޑިޕްލޮމެސީގައި އިންޑިއާގެ ދައުރު ފުޅާވަމުން އަންނަ މިންވަރެވެ. އޭނާގެ ބަޔާނުން، ގައުމުތަކުގެ ސަރަހައްދީ މިނިވަންކަމަށް އިހްތިރާމް ކުރުމާއި، ކޯޅުންތައް ބޮޑުކުރާނެ އެއްވެސް އަމަލަކުން ދުރުހެލިވުމަށް އިންޑިއާއިން ދެކޭ ސާބިތު ނަޒަރިއްޔާ ފާޅުކޮށްދެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ވަނީ މި ހަމަލާއަކީ ހޯމަ ދުވަހު ގުދުސްގައި ބަޑިން ހަމަލާދީ އިޒްރޭލުގެ ހަ މީހަކު މަރާލުމުން އެކަމުގެ ބަދަލުހިފުމަށް ދޭން އެންގި ހަމަލާއެއް ކަމަށް ބުނެފަ އެވެ. ގުދުސްއަށް ދިން ހަމަލާގެ ޒިންމާ ހަމާސް އިން ވަނީ އުފުލައިފަ އެވެ.
ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިޒްރޭލުގެ މި ނޭއްގާނީ އަމަލުގެ ރައްދު ދިނުމުގެ ހުރިހާ ހައްގެއް ގަތަރަށް ލިބިގެންވާ ކަމަށާއި މިއީ ސަރަހައްދަށް ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.