ads
ހުއްރިއްޔަތަށް ލިބުނު އުމްރާ ދަތުރާ އަލީ ރަޝީދު ހަވާލުވަނީ.
އުރީދޫން ދޭ އުމްރާ ދަތުރުގެ ހަތް ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ތެރެއިން 7 ވަނަ އުމްރާ ނަސީބުވެރިޔާ އެވެ.
Advertisement

ޅ. ނައިފަރަށް އުފަން ހުއްރިއްޔަތަށް ލިބުނު އުމްރާ ދަތުރާ ހަވާލުވީ އަލީ ރަޝީދެވެ.

ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި ބާކީ 12 ނަސީބުވެރިން ކޮންމެ 20 ދުވަހަކުން ހޮވަމުން ދާނެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ ނަސީބުވެރި އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ. 

އުރީދޫ މޯލްޑިވްސް އިން މި އަހަރު ފާހަގަކުރާ 20 އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންނާއި އުރީދުއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400ރ. ރުފިޔާ އިން މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންނެވެ.

މި ޕްރޮމޯޝަނަށް އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުން ޝަރުތު ހަމަވާނެ އެވެ.

އުރީދޫން ރާއްޖޭގައި ހަރަކާތްތެރިވާތާ 20 އަހަރު ވެފައި ވާއިރު، އެ ކުންފުނިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް