އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިން ޔުނިޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ރަށުގައި މި މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާކަމަށެވެ.
އެހެންކަމުން، ހދ. ނޮޅިވަރަންފަރުން ހައުސިން ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މި މިނިސްޓްރީގައި ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ މީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުސަތުކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ހައުސިން ޔުނިޓް ލިބުނު ފަރާތްތަކަށް މިނިސްޓްރީން ގުޅަމުން ގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ 4004919 ނަންބަރާ ގުޅުމަށްވެސް ހައުސިން މިނިސްޓްރީން އެދެއެވެ.