
މިއީ 2019 ވަނަ އަހަރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޔުކްރެއިންގެ 31 އަހަރުގެ އަންހެނަކު މަރުވި މައްސަލައެވެ. މި މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ ބަސް ޑްރައިވަރުގެ ޖަލަށްލުމާއެކު އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ ނަގައިދިނުމަށެވެ.
މި މައްސަލައިގެ ހުކުމް، ބަސް ޑްރައިވަރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް މިހާރުވަނީ އަޑު އެހުންތައް ފެށިފައެވެ.
މި މައްސަލައިގެ ބަސް ޑްރައިވަރުގެ ފަރާތުން ހައިކޯޓުގައި އެދުނީ އެދިފައިވަނީ އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ އަދި ޖަލު ހުކުމް ބާތިލުކޮށްދިނުމަށެވެ. މި މައްސަލައިގެ ދެވަނަ އަޑު އެހުމުގައި ދައުވާގައި ބަޔާން ކުރި ކަންކަމަށް ޖަވާބުދާރީ ވުމަށްވަނީ ނިންމާފައެވެ.
2019 ވަނަ އަހަރު މެއި މަހުގެ ދުވަހެއްގެ ހެނދުނު ހިނގި މި އެކްސިޑެންޓްގައި މަރުވީ، ހެނދުނު ޖޮގިން އަށް ނުކުމެ އުޅެނު ޔުކްރެއިން އަންހެނެކެވެ. އޭނާ މަރުވި އެކްސިޑެންޓް ހިނގީ، ބަސް ޑްރައިވަރު ނިދިޖެހިފައި އިންދާ، ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެންނެވެ.