
އެ ގޮތުން ހައުސިން މިނިސްޓްރީން އިއްޔެ އުސްފަސްގަނޑުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީން އިންބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނިން އިތުރަށް ބުނާ މި ކުޑަކުދިންގެ ހަވީރު އޮތީ އިއްޔެ ހަވީރު 04:00 ގައި ކަމަށާއި މި އިވެންޓުގެ ތެރެއިން، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޖިނިއަރިންއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް އެޗްޑީސީން ބަހައްޓާފައިވާ ކަމަށެވެ.
މި ސްޓޯލުން ބްރިޖް އަދި ސާވޭ އާލާތްތައް ދައްކާލުމުގެ އިތުރުން، ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަދި މީގެ އިތުރުން، ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިން އާ ގުޅޭ މައުލޫމާތު ހިއްސާކުރިކަމަށާއި ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި ހައިޑްރޯލިކް ވޯޓަޕަވަ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔަ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
މީގެ އިތުރުން އެޗްޑީސީގެ ފަރާތުން 11 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހު ޓުއާއެއް ކުރިއަށްގެންދިޔަކަމަށާއި ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ފަސް ސުކޫލެއްގެ 32 ދަރިވަރުން ހިމަނައިގެން ބޭއްވި މި ޓުއާގައި އެޗްޑީސީން ކުރަމުންއަންނަ އެކިއެކި މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލައި، އެ މަސައްކަތްތަކުގެ މައުލޫމާތު ދެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ޓުއާގެ މައިގަނޑު މަގްސަދަކީ އެޗްޑީސީއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި، އިންޖިނިއަރިން ދާއިރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލުތަކުގެ ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.