ads
ފުލުހުން ހޯދަން އިއުލާންކުރި ލައިޓްހައުސް / ގއ.ވިލިނގިލި، ޝަހީބް އިބްރާހީމް (47އ)
ޑުރަގު މައްސަލާގައި ހިމެނޭ ޕީއެންސީ މެމްބަރު ޝަހީބް ހޯދައިދޭން ފުލުހުން އެދިއްޖެ
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
Advertisement

ޑްރަގުގެ މައްސަލަގއި ހައްޔަރުކޮށް ދެވަނަ ފަހަރަށް ބަންދުގެ މުއްދަތަށް ގެންދިޔުމުން 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. 

ފުލުހުން މިއަދު ބުނީ ޝަހީބަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މިހެއްކަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

" ޝަހީބް އިބްރާހިމް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން." ފުލުހުން ކުރި އިއުލާންގައިވެއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ  ކޯޓުން ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފަހު، ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިތަކާއެކު ދެވަނަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަވެސް ކުރި ޝަހީބް އިބްރާހިމްއަކީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ޑްރަގު އެތެރެކުރަނިކޮށް އަތުލައިގެން އިރާނު ބޯޓުން ފެނުނު މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް