ads
ޕޮލިހުން ކުރިޔަށް ގެންދިޔަ ސެޝަންގެ ތެރެއިން
ސްކޭމް މައްސަލަތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާއިފި
ސްކޭމް މައްސަލަތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާއިފި އެވެ.
Advertisement

މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ފޯކައިދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެންޓި ސްކޭމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. 

މި ސެޝަނުގައި، މައުލޫމާތު ދީފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ ފަރާތުން ކަމަށާއި އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

"ބްލެކްމެއިލްކޮށްގެން ހިންގާ ކުށްތަކާއި އެފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވޭ" ފުލުހުން ބުންޏެވެ.

އަދި ތިމާގެ ޒާތީ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށާއި ކޭޝްކާޑު، ޕިންނަންބަރު ފަދަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި ސްމާޓް ފޯނާއި ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކްސް އާލާތްތައް ރައްކާތެރިކުރާނެ ގޮތްތަކާއި އީމެއިލް އަދި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޕްރައިވަސީ ސެޓިންގ ހަދާނެގޮތް ކިޔައިދީފައިވާ ކަމަށް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައި އެވެ.

your imageޕޮލިހުން ކުރިޔަށް ގެންދިޔަ ސެޝަންގެ ތެރެއިން

އަދި ބަވަނަ ވަމުންދާ ދުނިޔޭގައި ޓެކްނޮލޮޖީގެ ތެރެއިން ދަރިން ތަރުބިއްޔަތުކުރާނެ ގޮތާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބެލެނިވެރިއަކަށް ވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާކަމަށާއި  މިފަދަ މުޖުތަމައެއްގައި ނަމޫނާ ބެލެނިވެރިއެއްގެ ދައުރާއި ދަރިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއެކު ދަރިން ތަރުބިއްޔަތުކުރާނެ ގޮތާއި ރަނގަޅު އަހުލާގެއްގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.  

އަދި ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން އެކަން މޮނީޓަރކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި ރައްކާތެރި ނޫންގޮތުގައި އިންޓަނެޓް ބޭނުންކުރުމުން ދިމާވާނެ ނޭދެވޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނި އެވެ.

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްޔިތުން ރައްކާތެރިކޮށް ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް އަތޮޅުތެރޭގައި ފުލުހުން ގެންދަނީ ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގަމުން ކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް