ads
އެމްޕީއެލްގެ ސަރަހައްދު
މިދިޔަ ހަފްތާތެރޭ 11 ހާހަށް ވުރެ ގިނަ ބިސްކޭސް އެތެރެކޮށްފި
މިދިޔަ ހަފްތާތެރޭ 11 ހާހަށް ވުރެ ގިނަ ބިސް ކޭސް އެތެރެކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބުނެފި އެވެ.
Advertisement

މި ދިޔަ ހަފްތާގެތެރޭގައި 11730 ބިސް ކޭސް އެތެރެ ކޮށްފައިވާ ކަމަށާއި 7160 ގޯނި ފިޔާ ގެނެސްފައިވާ 5721 ގޯނި ކަރާ އަދި 4559 ގޯނި އަލުވި އެތެރެ ކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ. 

މީގެ އިތުރުން 3636 ފޮށި ޓޮމާޓޯ 2640 ގޯނި އަލަނާސި 2743 ގޯނި ކެބެޖު އަދި 1835 ގަނޑު ދޮންކެޔޮ އެތެރެ ކޮށްފައިވާ ކަމަށް އެމްޕީއެލުން ބުނެ އެވެ. 

1017 ގޯނި ބަރަބޯ އަދި 522 ގޯނި ސްވީޓް މެލަން ވެސް މިދިޔަ ހަފްތާގެ ތެރޭގައި ނެރެވިފައިވާ ކަމަށް އެ ކުންފުނިން ނެރުން ތަފާސް ހިސާބު ތަކުން ދައްކަ އެވެ. 

އެމްޕީއެލުން ބުނީ މިދިޔަ ހަފްތާގެ ތެރޭގައި 2 ކޮންޓެއިނާރް ވެސަލްސް އަދި 4 ޖެނެރަލް ކާގޯ ވެސެލްސް ވެސް ހެންޑަލް ކުރެވިފައިވާކަމަށެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން މިދިޔަ ހަފްތާގެ ތެރޭގައި 1306 ޓަން މުދާ އެތެރެކޮށްފައިވާ އިރު 20 ފޫޓުގެ 452 ކޮންޓޭނަރު 40 ފޫޓްގެ 427 ކޮންޓޭނަރު ކްލިއާ ކުރެވިފައިވާ ކަމަށެވެ. 

ކާބޯ ތަކެތި އަދި އެހެންނިހެންވެސް ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ވުރެން މައްޗަށް އަރައިގެން ދިޔުމުން ރައްޔިތުން ދަނީ އެ ކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ނެވެ. 

މިކަމާއި ގުޅުވައިގެން ރައީސް ޑރ. މުއިއްޒު ވަނީ ކާޑުގެ ބާވަތްތަކުގެ، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާ ކަމަށެވެ. 

އިކޮނޮމިކްސް މިނިސްޓަރު ޝައީދު ވިދާޅުވީ އަންނަމަހުގެ 15 އިން ފެށިގެން މޭވާ އާއި ތަރުކާރީގެ ބާވަތްތައް އަގުހެޔޮވާނެ ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ މިހާރު ރާއްޖެ ގެންނަން އެސްޓީއޯއާ ހަވާލުކޮށްފައިވާ 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ ތަކެތި އަންނަމަހުގެ 15ގެ ކުރިން އަގު އުފުލިއްޖެނަމަ އެ ބާވަތެއް އެސްޓީއޯއިން ވަގުތުން އެތެރެކުރާނެކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް