ads
މީޑިއާ ފެންޑާ ހުޅުވުމުގެ ތެރެއިން
މި ސަރުކާރުން ހެދި މީޑިއާ ފެންޑާ އުވާލައިފި
މި ސަރުކާރުން ހެދި މީޑިއާ ފެންޑާ އުވާލައިފިއެވެ.
Advertisement

ރަޢީސް އޮފީސް ކުރިމަތިން އޮންނަ ހުސް ސަރަހައްދުގައި މި ސަރުކާރުން ހެދި މީޑިއާ ފެންޑާ އުވާލާފައި މިވަނީ ސަރުކާރަށް ތާއިދުކުރާ މެމްބަރަކު މަޖިލިހަށް ހުށައަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް  ނޫސްވެރިން އެތަނުގައި މީގެ ދުވަސްކޮޅެއް ކުރިން ިއހްތިޖާޖުކޮށްފައި ވަނިކޮށެވެ. 

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެތަނުގެ ބޭނުން ހިފަމުން ނުދާތީ،ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ހާއްސަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، ހެދި މީޑިއާ ފެންޑާ ހުޅުވީ 29 މެއި ގައެވެ. ރައީސް އޮފީހުން ބުނީ މީޑިއާ ފެންޑާގެ ބޭނުން، އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހިފަމުން ނުގެންދާކަމަށެވެ. 

" ހުއްދަ ހޯދާފައި ނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށާއި، އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ހަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވޭ. މީޑިއާ ފެންޑާ އުވާލާ ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ގްރީން ޒޯންގައި ހުންނަ މިތަނުގައި އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

" ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ޤާނޫނީ ކުށެއް." އެ ބަޔާނުގައި ވެއެވެ.

މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެ ކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދޭނެކަމަށް ރައީސްގެ ބަޔާނުގައިވެެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް