މިއަދު މެންދުރުފަހު ހިނގި މި ހާދިސާގެ މަންޒަރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ކޮޅަށް ހުރި ދަރިވަރުގެ ގައިގައި ބިދޭސީ ޓީޗަރު ޖަހާތަން ފެނެއެވެ. އެއާއި އެކު އެ ދަރިވަރު ސަލާމަތްވާން ފަހަތަށް ޖެހޭތަން ފެނެއެވެ. އެހެން ނަމަވެސް އެ ޓީޗަރު ދޫނުކުރުމުން ދަރިވަރު ބިންމައްޗަށް ވެއްޓެއެވެ.
އެ ހިސާބުން ބީދޭސީ ޓީޗަރު އެ ދަރިވަރުގެ ގައިގައި ފަހަތުން ބައްދައިގެން އުޅޭތަން ފެނެއެވ. ބެލެވޭ ގޮތުގައި އެ ޓީޗަރު އުޅެނީ އެ ދަރިވަރުގެ އަތުގައި އޮތް އެއްޗެއް އަތުލާށެވެ.
ފަހުން އެ ދަރިވަރުވެސް ދެ ތިން ފަހަރު އެ ޓީޗަރުގެ ގައިގައި ޖަހާތަން ފެނެއެވެ. އަދި ދަރިވަރު ޖެހުމާއި އެކު ޓީޗަރު އަނެއްކާވެސް ރައްދުގައި ހަމަލާ ދޭ ތަންވެސް ފެނެއެވެ.
އެނގިފައިވާ ގޮތުގައި މި ހާފިސާ ހިނގާފައިވަނީ އައްޑޫ ސިޓީގެ ސްކޫލެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މައްސަލަ ބަލަމުން އަންނަކަމަށެވެ. އަދި މިވަގުތު ޓީޗަރު ސަސްޮެންޑްކޮށްފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.