
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ފަށާފަ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ގުޅީފަޅުން ދުކުރާ ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. އަދި، ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ހުރި ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން، އެ ބިންތައް ވެސް ވެރިފަރާތާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސް އާ ލޭންޑް ޔޫސް ޕްލޭނެއް ގެޒެޓުކޮށްފައި ވެއެވެ. އެ ޕްލޭނުގެ ދަށުން، މިހާރު ހިއްކާފައިވާ ބިމުން އާންމުންނަށް ހުރިހާ ގޯތިތަކެއް ދޫކުރަން ވަނީ ނިންމައިފަ އެވެ. އަދި ރެޒިޑެންޝަލް ނޫން އެހެނިހެން ބޭނުންތައް އަަލަށް ހިއްކަން ނިންމާފައިވާ ސަރަހައްދަށް ވަނީ ބަދަލުކޮށްފަ އެވެ.
ގުޅިފަޅުން ހޯތި ދިނުމަށްތަކައި މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީން އެ މިނިސްޓަރީންވަނީ ހަވާލުކުރައްވާފަ އެވެ. ހައުސިން މިނިސްޓަރީގެ އަމާޒަކީ ގޯތި ލިބުނު ފަރާތްތަކަށް ވީހާވެސް އަވަހަކަށް ގޯތިތައް ދޫކޮށް ނިންމާލުމެވެ.