ސީއެސްސީގެ ރައީސާއި ނައިބު ހޮވުމަށް ރައީސް މަޖިލިހަށް ފޮނުވުމުން އެ މައްސަލަ ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލިހުގެ ރިޔާސަތުން ފޮނުވި އެވެ.
ސީއެސްސީގެ ރައީސަކަށް އައްޔަން ކުރައްވަން ރައީސް އެދިވަޑައިގެންނެވި މުޖުތާޒު ސީއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.
ކޮމިޝަންގެ ކުރީގެ ރައީސް ނާސިހްގެ މެމްބަރުކަމުގެ ދައުރު ހަމަވުމުން އޭނާ އަލުން އެ ކޮމިޝަނަށް އައްޔަންކުރީ މިދިޔަ މަހުގެ 27 ގައެވެ. މުހައްމަދު ނާސިހު އަލުން އައްޔަންކުރީ 52 މެންބަރުން ވޯޓުނެވެ.
ނާސިހު އެންމެ ފުރަތަމަ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. މިއީ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ އޭނާގެ ދެވަނަ ދައުރެވެ.