
މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެ ކަމަށާއި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ސެޕްޓެމްބަރ 17 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައި އެވެ.
މިނިސްޓްރީން ކޮށްފަައިވާ އިއުލާނުގައި ވާ ގޮތުން މި ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މައުލޫމާތު ފުރިހަމަކޮށް ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނެކަމަށާއި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެކަމަށެވެ.
ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެމްބަރ 22 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީގެ މެއިލްއަށް އަށް އީމެއިލް ކުރެއްވުން އެދޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
ވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ މިނިސްޓްރީން ބުނި އެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، އެ ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދޭކަމަށާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައި އެވެ.