ads
(އެސްޑީއެފްސީ)ގެ އޮޕަރޭޝަންސް ޑިރެކްޓަރު ފާތިމަތު ފާރިހަތު ވަހީދު
އެސްޑީއެފްސީގެ އޮޕަރޭޝަންސް ޑިރެކްޓަރަކަށް ފާރިހަތު ވަހީދު
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ފާރިހަތު ވަހީދު އައްޔަންކޮށްފިއެވެ.
Advertisement

އެސްޑީއެފްސީ އޮޕަރޭޝަންސް ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

ފާރިހަތު ބޭންކިން އަދި ފައިނޭންޝަލް ސާވިސަސް ދާއިރާގައި 19 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެެއްކެވެ. އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން، ފާރިހަތު ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑު ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަޝިޕްސްގެ މަގާމު ފުރުއްވާފައެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ސަރުކާރުން މިދިޔަ ޖުލައި މަހު ވަނީ ނިންމާފައެވެ.

ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ބަދުރުއްދީން ހަސަންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް