ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 2023 ވަނަ މާލީ އަހަރުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އޭގެ ކުރީ އަހަރުގެ މާލީ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ކަމަށް ކުރިން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ. އެއީ މަޖިލިސް 19އެވެ. އެ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މަޖިލީހުގެ ރައީސްގެ މަގާމް ފުރުއްވީ، ރައީސް މުހައްމަދު ނަޝީދުއެވެ. ރައީސް ސޯލިހާ ހިޔާލު ތަފާތުވެ، ރިޔާސީ އިންތިހާބުގެ ފަހުން ނަޝީދުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވިއިރު، އިތުބާރު ނެތްކަމުގެ ވޯޓަށް އޮތީ ތައްޔާރުވެފައެވެ.