ads
ގޭންގުތައް ހުއްޓުވަން ފުލުހުން ވަކި ޑިޕާޓްމެންޓެއް އޮވޭ
ވަކީލަކާ ބައްދަލުކުރުން 48 ގަޑީރަށް ހިފެހެއްޓޭގޮތަށް ގަވާއިދު ގެޒެޓުކޮށްފި
ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ހައްޔަރުކުރާ މީހުން ގާނޫނީ ވަކީލަކާ ބައްދަލުކުރުން 48 ގަޑިއިރަށް ހިފެހެއްޓޭގޮތަށް ހެދި ގަވާއިދު ގެޒެޓުކޮށް އާންމުކޮށްފި އެވެ.
Advertisement

މިދިޔަ މަހު އަމަލުކުރަން ފެށި މި ގާނޫނުގެ ދަށުން ފުލުހުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މި ގަވާއިދުގެ ސަބަބުން، ތަހުގީގުގެ ވަކި ހާލަތްތަކެއްގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދެ އެވެ.

އާ ގަވާއިދު ބުނާގޮތުން، ހައްޔަރުކުރާ މީހަކަށް ވަކީލަކާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމުން ހެކި ނައްތާލަފާނެ ކަމަށް، ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް، ނުވަތަ އިތުރު ކުށެއް ހިންގުމަށް މަގުފަހިވެދާނެ ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭނަމަ އެ ހައްގު ވަގުތީ ގޮތުން ހިފެހެއްޓޭނެ އެވެ.

މި ބާރު ލިބިގެންވަނީ ސަބްއިންސްޕެކްޓާ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކަށެވެ. މިއީ ގާނޫނުއަސާސީން ކޮންމެ މީހަކަށްމެ ލިބިދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ބުރޫއަރާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ނަމަވެސް، އެ 48 ގަޑިއިރުގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހާއާ ތަހުގީގަށް ސުވާލުކުރާނަމަ، ވަކީލަކާ އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ އެހެން ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުންނާއި ތަންތަން ބަލައި ފާސްކުރުމާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރުމުގެ އިހުތިޔާރު ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް