
ކަލާމް އަކީ މި ވަގުތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިންގެ ދާއިރާގައި 13 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކަލާމް އަކީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ، ލައިސެންސް ލިބިފައިވާ ޝަރީއާ އެޑްވައިޒަރެކެވެ.
ކަލާމް ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ. ކަލާމްގެ އިތުރުން އެސްޑީއެފްސީގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މުހައްމަދު ޝަރީފް، ބަދުރުއްދީން ހަސަން، ފާތިމަތު އަޒްމާ، އަހްސަލް މުހައްމަދު، ފާތިމަތު ޔަމްނާ އަދި ފާތިމަތު ފާރިހަތު ވަހީދު އެވެ.