ads
ކިމް ޖޮންގްދޭ
އެކްސޯ ޗެން އަށް ދަރިއަކު ލިބިއްޖެ
މަޝްހޫރު ކޭޕޮޕް ގްރޫޕް އެކްސޯގެ ލީޑް ވޯކަލިސްޓް ކިމް ޖޮންގްދޭ (ޗެން) އަށް ދަރިއަކު ލިބިއްޖެ އެވެ.

ޗެން އާއި އޭނާގެ އަންހެނުންނަށް އެމީހުންގެ ފުރަތަމަ ދަރި މިއަދު ލިބިފައި ވާއިރު، އެކަން ވަނީ ޗެންގެ އެޖެންސީ، އެސްއެމް އެންޓަޓެއިންމެންޓުންވެސް ކަށަވަރު ކޮށްދީފަ އެވެ. 

ޗެން އަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް އެ އެޖެންސީ އިން ބުނެއެވެ. 

ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޗެން ކައިވެނި ކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. 

އަންހެން ދަރިއެއް ބޭނުންވާ ކަމަށް އަބަދުވެސް ބުނަމުން އައި ޗެން އަށް އަންހެން ދަރިއަކު ލިބުމުން ގިނަ އަދަދެއްގެ ފޭނުން ދަނީ މަރުހަބާ ކިޔަމުންނެވެ. 

ޗެން އަށް ދަރިއަކު ލިބުމާއި އެކު ފޭނުން ދަނީ އެ ކުއްޖާގެ ލޯބި ހޯދަން އެކްސޯގެ ދެން ތިބި ތަރިން މަސައްކަތް ކުރާނެ ގޮތް ބަލަން ކެތްމަދުވެފަ އެވެ.

އެކްސޯގެ ހަތަރު ވަނަ ލައިވް އަލްބަމް "އެކްސޯ ޕްލެނެޓް 5- އެކްސްޕްލޮރޭޝަން" މި މަހުގެ 21 ވަނަ ދުވަހު އެސްއެމް އިން ރިލީސް ކޮށްފައި ވާއިރު، އެކްސޯ އަލްބަމް އޮބްސެޝަން އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. 

މީގެ އިތުރުން ޗެން ވަނީ އޭނާގެ ސޯލޯ އަލްބަމް "އޭޕްއިލް އެންޑް އަ ފްލާވާ" ވެސް މިދިޔަ އަހަރު ރިލީސް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް