އޭނާ މިހެން ބުނެފައިވަނީ ގިނަ ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމާއި ގުޅިގެން ރައްދުގައި ނެރުން ނޫސް ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި އިތުރަށް ވާ ގޮތުން އޮކްޓޯބަރު ހަތް ވަނަ ދުވަހު ހިނގި ބިރުވެރި ގަތުލުއާންމަށް ފަހު ފަލަސްތީނުގެ ދައުލަތެއް ގަބޫލުކުރާ ލީޑަރުންނަށް ސާފު މެސެޖެއް އެބައޮތް ކަމަށާއި އެ ގައުމު ތަކުން އެ ދިނީ ޓެރަރިޒަމަށް ވަރަށް ބޮޑު އިނާމެއް ކަމަށެވެ.
އޭނާ އިތުރަށް ބުނީ ދުނިޔޭގެ ހުރިހާ ގައުމަކުން ފަލަސްތީން އަކީ މިނިވަން ގައުމެއް ކަމަށް ބަލައިގެން ނަމަވެސް އިޒްރާއިލުން ފަލަސްތީނުގެ ދައުލެއް އުރުދުން ކޯރުގެ ހުޅަނގުގައި ފަލަސްތީން ގާއިމު ކުރިޔަ ނުދޭނެ ކަމަށެވެ.
ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު އިސްރާއީލުގެ ހާރިޖީ ވުޒާރާއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ގައުމުތަކުގެ އެ ނިންމުމުގެ ސަބަބުން ހާލަތު ވާނީ އިތުރަށް ގޯސް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރާއިލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ތެރެއިން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމުމުން ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ އުންމީދު އަލުން އާލާވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭ ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވާއިރު، އިނގިރޭސިވިލާތުން އޭރު އެކަމަށް ދެކޮޅު ހެދީ، ހަމާސްއަށް ހިތްވަރު ދޭން ބޭނުންނުވާ ކަމަށް ބުނެއެވެ.
ފަލަސްތީނު ދައުލަތް ބަލައިގަތުމަށްފަހު، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ ފަލަސްތީން ދައުލަތާއި އިސްރާއީލު ދައުލަތަށް ވެސް ސުލްހަވެރި މުސްތަގުބަލެއް ބިނާކުރުމުގައި ގައުމުތަކުން އެހީތެރިވެދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.