މި މައްސަލަ އާއި ގުޅިގެން ފުވަމުލަކު ސިޓީ ކައުންސިލްގެ އޮފިސަލަކު "ސީއެންއެމް" އަށް ވިދާޅުވީ ސިޓީތަކުގެ ކުނީގެ ކަންކަން ކުރަމުން އަންނަނީ ވެމްކޯއިން ކަމަށާއި އެކަމަށް ސިޓީ ކައުންސިލުން ވާން ޖެހޭ އެހީއެއް އޮތީޔާ އެ ބޭފުޅުން ވަމުން އަންނަ ކަމުގައި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ކުނި އުކާލާ ސަރަހައްދު ފުރިފައި ވުމުން ސިޓީ ކައުންސިލުން ވަނީ ވެމްކޯ އަށް އާ ސަރަހައްދެއްވެސް އެކަމަށް ހާއްސަކޮށް ދީފައި ކަމުގައި އެވެ.
ނަމަވެސް މިހާރު އެ ސަރަހައްދުވެސް ވަނީ ފުރިފައި ކަމަށާއި ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ކަމާއި ގުޅުން ހުރި އެކި އިދާރާތަކަށްވެސް ލިޔަންޖެހޭ ސިޓީތައް ލިޔެފައިވީ ނަމަސްވެސް އަދިވެސް އެކަމަށް ބޭނުންވާ ހައްލެއް ލިބިފައި ނުވާ ކަމުގައި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މި ކުނިގޮނޑު މިހާރުވެސް ވަނީ ފުރިގެން ބަންޑުވާން ކައިރިވެފައި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ހަމައެކަނި ކައުންސިލުން މަސައްކަތް ކޮށްގެން އެކަން ވާން ނޯންނާނެ ކަމުގަ އެވެ.
އެކަން ހައްލުކުރުމަށް ސަރުކާރުގެ އެއްބާރުލުންވެސް ވަރަށް މުހިންމު ކަމަށް އޭނާ ފާހަގަ ކުރެއްވި އެެވެ.
ފުވައްމުލަކު ކުނި ގޮނޑު ހުންނަ ސަރަހައްދުގައި މެހި ގިނަވެފައިވާ ކަމަށާއި އެ ސަރަހައްދުން އިންތިހާ އަށް ނުބައިވަސް ދުވުމުގެ އިތުރުން ނުރައްކާތެރި ކެމިކަލް އަދި ގޭސް ވެސް އެ ސަރަހައްދުގައި އުފެދެމުން އަންނަ ކަމުގެ ސަކުވާ އަކީ އާންމުންގެ ތެރޭގައި ގިނެވެފައިވާ ސަކުވާ އެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;