
ރާއްޖެ އިން ބޭރުން މިހާރު ޑެބިޓް ކާޑުން ކެނޑެނީ 500 ޑޮލަރެވެ.
މ. މުލީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން، ބޭސްފަރުވާއަށް ބޭރަށް ދާ ފަރާތްތަކުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ޑެބިޓު ކާޑު މެދުވެރިކޮށް ދެއްކުމަށް ބޭންކުގައި އެދުމުން، އެ ތާރީހުން ފެށިގެން އެކަން ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ކަންކަމުގެ ސަބަބުން ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު ގަނެގެން އުޅެންޖެހޭ ކަންތައްތަކުން ރައްޔިތުންނަށް އަރައިގަނެވޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމާއެކު އާންމު ފަރުދުންގެ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ. މި ގާނޫނާއެކު ޑޮލަރުގެ ރިޒާވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވާން ފަށައިފަ އެވެ.